ads
މަގުމަތަށް ދިރާސާކުރުމުގައު އިންޖިނޭރުން ހަރަކާތްތެރިވަނީ - ފޮޓޯ: ސަރުކާރު
އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.
Advertisement

އިންޖިނިއަރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޯގަސްޓު މަހުގެ 30 ވަނަ ދުވަހުގަ އެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަވީރު އޮންނާނީ ހޮނިހިރު ދުވަހު 16:00އިން 18:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

އިންޖިނިއަރސް އެވޯޑު

އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން ބާއްވާ އެންމެ މުހިންމު އެއް ހަރަކާތަކީ "އިންޖިނިއަރސް އެވޯޑު" ދިނުމުގެ ހަފްލާއެވެ. ރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި މި ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި ހަފްލާގައި ޖުމްލަ 10 ގިންތިއަކުން އެވޯޑު ދިނުމަށް ހަމަޖެހިފައިވާކަމަށް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނެފައި ވެއެވެ. 

ކުޑަކުދިންގެ ހަވީރު

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، ރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ކުރިއެރުމުގައި އިންޖިނިއަރުންގެ ދައުރާ ގުޅޭގޮތުން ކުޑަކުދިން އަހުލުވެރިކުރުވައި، ޒުވާން ޖީލުގައި މި ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހަވީރު އޮންނާނީ 2026 އޮގަސްޓު 29 ވާ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައިކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ.

މި ހަރަކާތުގައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކުން ސްޓޯލްތައް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް، އެމްޓީސީސީ، އެޗްޑީސީ، އެމްޑަބްލިޔުއެސްސީ، ފެނަކަ، ސްޓެލްކޯ، އާރުޑީސީ، އެމްއޭސީއެލް، މޯލްޑިވިއަން، އެންވަޔަރަމަންޓް މިނިސްޓްރީ/ޔޫއާރުއޭ، އެމްޕީއެލް އަދި އެފްޑީސީ ހިމެނެއެވެ. މި ސްޓޯލްތަކުން އިންޖިނިއަރިންއާ ގުޅޭ އިލްމީ އަދި މަޖާ ހަރަކާތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ކުޑަކުދިންނަށާއި އާންމުންނަށް ލިބިގެންދާނެކަމަށް ވެސް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނެފައި ވެއެވެ. 

ސްކޫލް ދަރިވަރުންނަށް ސައިޓް ވިޒިޓްތައް

މީގެ އިތުރުން، ސްކޫލް ދަރިވަރުން މި ދާއިރާއަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި 2026 ސެޕްޓެމްބަރު 5 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސައިޓް ވިޒިޓްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ. މިގޮތުން ކޮންމެ އަތޮޅެއްގެ މަދުވެގެން ދެ ރަށެއްގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ސައިޓްތަކަށާއި އިންޖީނުގެތަކަށް ދަރިވަރުން ޒިޔާރަތްކޮށް، އެ މަސައްކަތްތަކުގައި އިންޖިނިއަރުންގެ ދައުރާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވެއެވެ. މީގެއިތުރުން، މާލެ ސަރަހައްދުގައި ކުރިއަށްދާ ތިލަމާލެ ބްރިޖް މަޝްރޫއުގެ ސައިޓަށްވެސް ދަރިވަރުންނަށް ޒިޔާރަތްކޮށް އަމަލީ މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނެފައި ވެއެވެ. 

ރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދޭ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު" ދިނުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ހަފުލާގައި އިންޖިނިއަރިން ދާއިރާއިން 10 ގިންތިއަކުން އެވޯޑު ދޭނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;