ads
ހިޔާ ފްލެޓްތައް..
ހިޔާ ފްލްޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގި މައްސަލަ ބަލަނީ
ހިޔާ ފްލެޓެއްގެ ބެލްކަނީގައި އާންމުކޮށް ފެންނަ ގޮތަށް އަންހެނަކާއި ފިރިހެނަކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައިސް، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަން ފަށައިފި އެވެ.
Advertisement

ފުލުހުން ބުނީ ހިޔާ ފުލެޓްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަަށެވެ.

އަދި ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން ކަމަށެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއިން ފެންނަ ގޮތުގައި، އެ ދެ މީހުން ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ އެޕާޓްމަންޓެއްގެ ބެލްކަނީގަ އެވެ. އަދި ވީޑިއޯއިން ލަފާކުރެވޭ ގޮތުގައި އެ މީހުން އެކަން ކޮށްފައިވަނީ ދުވާލުގެ ވަގުތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;