ads
ހިސާން ހުސައިން
އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސެއިން އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ނަވާރަވަނަ މަޖިލީހުގައި ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ހިސާން އެ މަގާމަށް އައްޔަނުކުރީ 24 ޖުލައި، 2024 ގަ އެވެ. އޭނާގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އެ މަގާމަށް އޭނާ އައްޔަނުކުރީ އޭރު ޕާޓީގެ ރައީސަކަށް ހުންނެވި އަބްދުالله ޝާހިދުގެ އިސްނެންގެވުމާއެކުއެ އެވެ. 

ހިސާން ވިދާޅުވީ ޕާޓީގެ ރައީސް އިސްތިއުފާ ދެއްވުމުން ޑިމޮކްރެސީގެ ރީތި އުސޫލުތަކާއި ހަމަތަކަށް ރިއާއަތްކޮށް، އާ މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމި ހުރުމަކީ ޑިމޮކްރެސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

އެހެންވެ، މަގާމުން އިސްތިއުފާ ދެއްވީ ކަމަށް، ނިމިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ކަމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަން ވެސް ކުރެއްވި ހިސާންގެ ސިޓީގައިވެ އެވެ. 

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވީ މި މަހުގެ14 ވަނަ ދުވަހު އެވެ. އޭނާ އިސްތިއުފާ ދެއްވީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން، އެތެރޭގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ އިންސާފުވެރި އަދި އެންމެ ހަމަހަމަ ގޮތް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް ވިދާޅުވުމަށް ފަހު އެވެ.

ހިސާން އެ މަގާމުން އިސްތިއުފާ ދެއްވިއިރު، ޝާހިދުގެ ކެންޑިޑެސީ އިއުލާން ކުރަން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވެސް ހިސާން ބައިވެރިވެވަޑައިގަތެވެ. އަދި އެ ކެމްޕެއިނަށް ވަގުތު ދެއްވުމަށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ ވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;