ޔާސިރަކީ އެ ކުންފުންޏަށް މި ސަރުކާރުން އައްޔަންކުރި ތިންވަނަ މެނޭޖިން ޑިރެކްޓަރެ
ޔާސިރު އެ މަގާމަށް ހަމަޖައްސާފައި މިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އިބްރާހިމް ޝިއުރީ އެ މަގާމުން މިދިޔަ ހޯމަ ދުވަހު އިސްތިއުފާދެއްވުމުން ނެވެ.
ކުންފުނީގެ އެމްޑީކަމުން ޝިއުރީ އިސްތިއުފާދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ޝިއުރީއަކީ މި ސަރުކާރުން އެކުންފުނީގެ އެމްޑީކަމަށް އައްޔަންކުރި ދެވަނަ އެމްޑީ އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް އެންމެ ފުރަތަމަ އެމްއެމްޕީއާރުސީގެ އެމްޑީކަމަށް އައްޔަންކުރީ ފާތިމަތު ތައުފީގު (ކުޑީ) އެވެ. އެހެންނަމަވެސް ކުއްލިގޮތަކަށް އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބާމިންހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ފަތުރުވެރިކަމާއި ކޯޕަރޭޓް މެނޭޖްމަންޓް އަދި އިންވެސްޓްމަންޓް ދާއިރާއިން 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;