މި މައްސަލައިގައި ބޮޑެތި މީހުންގެ މައްޗަށް ދައުވާކޮށް، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެގެން 2019 ވަނަ އަހަރު މަރުގެ ހުކުމް އިއްވީ ގދ. ގައްދޫ، މުހުޖަތު އަހުމަދު ނާސިހާއި، ޅ. ނައިފަރު، މުހައްމަދު މައިމޫންގެ މައްޗަށެވެ. މައްސަލައިގައި ދެން ދައުވާކުރި އަލީ މުޝައްފަޢުގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.
ހާދިސާ ހިނގިއިރު 18 އަހަރު ނުފުރޭ ދެ ކުއްޖަކަށް 2013 ގައި ޖުވެނައިލް ކޯޓުން މަރުގެ ހުކުމް ކުރިއިރު، އޭގެ ތެރެއިން އެކަކުގެ ހުކުމަށް 2016 ގައި ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.
ބޮބީގެ ވާރިސުން ޝަރީއަތުގައި އެދިފައިވަނީ "މަރަށް މަރު" ހިފުމަށެވެ.
2022 ވަނަ އަހަރުން ފެށިގެން ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފީ އަޑުއެހުންތައް ނިންމާލި ނަމަވެސް، ހުކުމް ކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;