ads
މއ. ކަނޑޫގެ، އަލީ އަހްމަދު
ސްކޫލަކަށްވަދެ ބިރު ދެއްކި މީހާގެ ނުފެނިގެން ފުލުހުން ހޯދަނީ
ސްކޫލަކަށްވަދެ ބިރު ދެއްކި މީހާގެ ނުފެނިގެން ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.
Advertisement

ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރު ދެއްކިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވަނީ މއ. ކަނޑޫގެ، އަލީ އަހްމަދުގެ މައްޗަށެވެ. ސްކޫލަކަށްވަދެ އޭނާ ބިރު ދެއްކި މައްސަލަ ފެންމަތިވީ މިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

ފުލުހުން މިއަދު ވަނީ މި މީހާ ހޯދަން އިއުލާންކޮށްފަ އެވެ. ފުލުހުން ބުނީ މި މިހާ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީކަމަށެ ވެ. 

މި މިހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރަން ފުލުހުން ވަނީ އެދިފަ އެވެ.

ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރު ދެއްކިކަމުގެ ތުހުމަތުގައި ދެ މަހެއްހާ ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ. މި މައްސަލައާއި ގުޅިގެން ފަސް ދައުވާއެއް އޭނާގެ މައްޗަށް އުފުލި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

އަލީ އަހްމަދަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑްތައް އޮންނަ މީހެކެވެ. ބަންދު އަމުރު ރިޕޯޓުގައިވެސް އެކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓްތަކުން އެނގޭ ގޮތުގައި 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައިވެސް އޭނާ ހިމެނެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;