ޕެންޝަން އޮފީހުން ބުނި ގޮތުގައި މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ މުޖުތަމަޢާއި ގައުމު ބިނާކުރުމުގައި މާމައިންނާއި ކާފައިން އަދާކޮށްފައިވާ މުހިންމު ދައުރުގެ އަގުވަޒަންކުރުމާއި، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
މި ހަރަކާތްތައް އިންތިޒާމުކުރަނީ ޕެންޝަން އޮފީހުގެ އިތުރުން، ބ. އޭދަފުށީ ކައުންސިލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މިނިސްޓްރީ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއާ ގުޅިގެންނެވެ.
އޭދަފުށީގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި މާމައިންނާއި ކާފައިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޚާއްޞަ ހަވީރު ސަޔެއް ބޭއްވުމާއި، ޕެންޝަން އޮފީހާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގުޅިގެން މުހިންމު މައުލޫމާތު ސެޝަނެއް ކުރިއަށް ގެންދިއުން ހިމެނެ އެވެ.
އަދި މާމަކާފައިންނާއި، ކުޑަކުދިން އަދި މުޅި ޢާއިލާއަށް ބައިވެރިވެވޭ ގޮތަށް ތަފާތު ކުޅިވަރުތަކާއެކު ބާއްވާ ޚާއްޞަ ޢާއިލީ ހަވީރެއް އޭދަފުށީގެ މުއައްސަސާތަކާ ގުޅިގެން ބޭއްވުންވެސް ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;