ads
ޑީއެމްއާރުއާރު ގެ ޓީމް އިވެންޓުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން - ފޮޓޯ: ދިރާގު
ފައިސާގެ އިނާމުތައް ހިމެނޭ ދިރާގު ރޯޑް ރޭސްގައި ބައިވެރިވާން ހުޅުވާލައިފި
"ދިރާގު މޯލްޑިވްސް ރޯޑް ރޭސް" (ޑީއެމްއާރްއާރް) 2026 ގެ ޓީމް އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.
Advertisement

މި އަހަރުގެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރު 2026 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މިއަހަރުގެ ދުވުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މުޅިން އަލަށް ހަތަރު ޓީމު ކެޓަގަރީއެއް ތައާރަފުކޮށް، އެކުވެރިކަމާއެކު ވާދަކޮށް ކާމިޔާބީ ހޯދުމުގެ ފުރުސަތު ދުވުންތެރިންނަށް ދިރާގުން ފަހިކޮށްދީފައިވާކަމެވެ. 

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން dmrr.dhiraagu.com.mv މެދުވެރިކޮށް ރަޖިސްޓާ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ 4000 ބައިވެރިން ހަމަވަންދެން ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައި، އިޖުތިމާއީ ބޮޑު މަގުސަދެއް ހާސިލުކުރުމަށްޓަކައި އަހަރުން އަހަރަށް ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;