ހައިކޯޓުން މި މައްސަލަ ބާތިލުކުރީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އެފަދަ ނިންމުންތަކަކީ އިސްތިއުނާފު ނުކުރެވޭނެ އެންމެ ފަހުގެ ނިންމުން ކަމަށް ބުނެ މީރާއިން ހުށަހެޅި އިޖުރާއީ އިޢުތިރާޟު ފަނޑިޔާރުންގެ އިއްތިފާޤުން ޤަބޫލުކުރުމާ ގުޅިގެންނެވެ.
މެދުފުށިން މި ފައިސާ ދައްކަން ހުކުމްކޮށްފައިވަނީ ސިވިލް ކޯޓުން، މިދިޔަ ޑިސެމްބަރު މަހުއެވެ. ސިވިލް ކޯޓުން މި ހުކުމް ކުރީ ގާޒީ އަހްމަދު އަބްދުލްމަތީން އެވެ. އެ މައްސަލަ، މެދުފުށިން އިސްތިއުނާފު ކުރުމުން ހައިކޯޓުން މައްސަލަ ބޭރުކޮށްލީ، ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޙުސައިން މަޒީދު އަދި ފަނޑިޔާރު ފާޠިމަތު ފަރްހީޒާއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;