ads
އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް ގެނެވޭ އުސޫލަށް ބޮޑު ލުޔެއް ދީފި
އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އެތެރެކުރަން މީގެ ކުރިން ފަތުރުވެރިންނަށް ދީފައި އޮތް ލުއިތަކެއް، ދިވެހީންނަށް ވެސް ދިނުމަށް ކަމާ ގުޅޭ އުސޫލު މިއަދު އިސްލާހުކޮށްފި އެވެ.
Advertisement

ދުންފަތާ ދެކޮޅަށް މި ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އެޅި ނަމަވެސް، ވަކި ހިސާބަކުން އޭގެ ތެރެއިން ބައެއް ނިންމުންތައް ބަދަލުކުރި އެވެ. އޭގެ ތެރޭގައި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ކުޑަކުރުން ހިމެނެ އެވެ. 

ގެޒެޓުގައި މިއަދު އިއުލާންކޮށްފައިވާ އިސްލާހު ގެނެސްފައިވަނީ، ދަތުރުވެރީން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލަށެވެ.

އެ އުސޫލުގައި އިސްލާހު ގެނެސްފައިވަނީ، ރާއްޖޭން ބޭރުން އަންނަ މީހުން ގެންނަ ތަކެތީގެ ތެރެއިން ގުޑްސް ޑެކްލަރޭޝަން ހުށަހަޅަން ނުޖެހޭ ތަކެއްޗާ ގުޅޭ މާއްދާގެ ބަޔަކަށެވެ. އެގޮތުން މީގެ ކުރިން އެ ބައިގައި އޮންނަނީ، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ 18 އަހަރު ފުރިފައިވާ ބޭރުގެ ފަތުރުވެރީން އަމިއްލަ ބޭނުމަށް ގެންނަ ސިނގިރޭޓާއި ސުއްޓާ ފަދަ ތަކެތީގެ ތެރެއިން 200 ސިނގިރޭޓް ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމުގެ ދުންފަތް ޑެކްލެއާ ކުރަން ނުޖެހޭނެ ކަމަށާއި އެއަށް ޑިއުޓީ މާފު ކުރެވޭނެ ކަމަށެވެ.

މިހާރު އެ މާއްދާގައި ވަނީ، ރާއްޖޭން ބޭރުން ދަތުރުކޮށްފައި އަންނަ، 21 އަހަރު ފުރިފައިވާ ދަތުރުވެރީންގެ އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތައް ޑެކްލެއާ ކުރަން ނުޖެހޭނެ މިންވަރުތައް ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 200 ސިނގިރޭޓް ނުވަތަ 20 ސުއްޓާ ނުވަތަ 100 ގުރާމުގެ ދުންފަތެވެ. އެހެންކަމުން، މިހާރު އެ މާއްދާގައި އެއީ ވަކިން ފަތުރުވެރިންނަށް ދޭ ލުޔެއްކަން ބަޔާންކޮށްފައި އޮތް ބައި ވަނީ އިސްލާހުކޮށްފަ އެވެ.

މީގެ އިތުރުން، އެ މާއްދާއަށް އިތުރު ނަންބަރެއް އިތުރުކުރަން ވެސް އިސްލާހުގައި ހިމަނައިފައި ވެއެވެ. އެއީ، ރާއްޖޭން ބޭރުން އަންނަ 21 އަހަރުން މަތީގެ ދަތުރުވެރީންގެ އަމިއްލަ ބޭނުމަށް ގެންނަ ރޯލިން ޓޮބޭކޯ ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ޓަކައި ދުންފަތް އޮޅުމަށް ބޭނުންކުރާ ބާވަތެއް ދޫކުރާ ހާލަތުގައި، އެއާއެކު ދޫކުރެވޭނެ ތަކެތި ބަޔާންކުރުމަށެވެ. އެއީ:

  • ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް އެނބުރޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ، މެނުއަލް ކުދިކުދި ޕޯޓަބަލް މެޝިން/އާލާތް
  • ސިނގިރޭޓް ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ، ނޯޅާ ހުންނަ 50 ކަރުދާސް؛
  • ސިނގިރޭޓް ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 ފިލްޓަރު
  • ސިނގިރޭޓް ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 ހުސް ޓިއުބު ނުވަތަ ޕައިޕް.

ހަމައެއާއެކު، ޝީޝާ އާއި ފްލޭވާޑް ސިނގިރެޓްގެ ބާވަތްތައް ޑިއުޓީ ނުދައްކާ ނުގެނެވޭނެކަން އިސްލާހުގައި ވެސް ބަޔާންކޮށްފައި ވެއެވެ.

ރާއްޖެއަކީ ވަކި އަހަރެއްގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރި ދުނިޔޭގެ ފުރަތަމަ ގައުމެވެ. އަދި ވޭޕް ފަދަ ތަކެތި ވެސް ރާއްޖޭގައި މިހާރު އޮތީ މަނާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;