ads
ފޭދޫ ސްކޫލްގެ ކެޑޭޓް ކޭމްޕުގެ 24 ކުއްޖަކު ކާނާވިހަވެގެން ފަރުވާދެނީ
އައްޑޫ ފޭދޫ ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ކުދިންތަކެއް ކާނާވިހަވެގެން ފަރުވާދޭން ފަށައިފި އެވެ.
Advertisement

ކާނާ ވިހަވެގެން ޖުމުލަ 24 ދަރިވަރަކަށް އަންނަނީ ފަރުވާ ދެމުން ނެވެ. މީގެތެރެއިން 12 ކުއްޖަކަށް ފަރުވާދެމުން އަންނަނީ  ފޭދޫ ހެލްތު ސެންޓަރުގަ އެވެ. 

އަނެއް 12 ކުދިންނަށް ފަރުވާދެމުން އަންނަނޯ މަރަދޫ ހެލްތު ސެންޓަރުގައި އެޑްމިޓް ކޮށްގެން ނެވެ. 

ފޭދޫ ކެޑޭޓް ކޭމްޕުގައި ބައިވެރި ކުދިންތަކެއް ކާނާ ވިހަވިއިރު އެ ކުދިންނަށް ކާނާ ފޯރުކޮށްދިނީ ކޮންތާކުން ކަމެއް ސާފެއް ނުވެއެވެ. 

މިހަފްތާގެ ތިން ދުވަސް ސްކޫލްތައް ހާއްސަކޮށްފައި ވަނީ ޔުނީފޯމް ހަރަކާތްތަކެވެ. އެގޮތުން ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށް ކޭމްޕްތައް އަންނަނީ ބާއްވަމުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;