ads
ކާގޯ ފްލައިޓަކަށް މުދާ އަރުވަނީ
ޓީޓީއަށް ޑޮލަރު ފޯރުކޮށްދޭ މުދާ އިމްޕޯޓްކުރާކަން ކަށަވަރު ކުރަނީ
މުދާ އިމްޕޯޓްކުރުމަށް ޓެލެގްރާފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުން، އެ މުއާމަލާތާ ގުޅޭ މުދާ ރާއްޖެއަށް ގެންނަކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއެކު ވެރިފިކޭޝަން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
Advertisement

މަރުކަޒީ ބޭންކުން ބުނީ، ޓީޓީ މެދުވެރިކޮށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތަކުން، އެ މުއާމަލާތާ ގުޅޭ މުދާ ރާއްޖެއަށް އެތެރެކުރާކަން ކަށަވަރުކުރުމުގެ ގޮތުން މި ވެރިފިކޭޝަން ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކަސްޓަމްސް ސާވިސްއާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ޒަރޫރީ މުދާ އިމްޕޯޓްކުރާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މުދާ އިމްޕޯޓްކުރުމާ ގުޅޭ ޓީޓީ މެދުވެރިކޮށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުން، އެ މުއާމަލާތާ ގުޅޭ މުދާ ރާއްޖެއަށް ގެންނަކަން ކަށަވަރުކުރުމުގެ ގޮތުން ކަސްޓަމްސްއާ ގުޅިގެން ގާއިމުކުރާ ވެރިފިކޭޝަން ސިސްޓަމް މި މަސް ނިމުމުގެ ކުރިން ލައިވް ކުރާނެ ކަމަށެވެ.

ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ވެރިފިކޭޝަން ނިޒާމެއް ހަދަމުންދާއިރު މިއަހަރުގެ ޖަނަވަރީމަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، ބީއެމްއެލްއިން 186 މިލިޔަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައި ވެއެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅާބަލާއިރު 12 މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ. ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިޔަން ޑޮލަރު ބޭންކުން ވަނީ ފޯރުކޮށްދީފަ އެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިޔަން ޑޮލަރެވެ.

ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމުގެ ގޮތުން، ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އަނެއްކާވެސް އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ 11 އޮގަސްޓުގައި ނިންމާފައެވެ. މިގޮތުން، އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު، ތިން ހަފްތާގެ މުއްދަތަށް އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ވެސް ޑޮލަރުގެ އަގު އުފުލި އެކަމުގެ ބުރަ ވިޔަފާރިތަކާއި އާންމުން ވެސް އުފުލަން ޖެހިފައި ވާއިރު މައްސަލަ ހައްލުކުރުމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;