ads
މަގޭ ބިޓުގެ ވެޑިންގެ ޕޯސްޓަރު
މަގޭ ބިޓުގެ ވެޑިންގެ ޓްރެއިލާ ބަލައިފިން ތަ؟
ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުރިޔަށް އޮތް ފިލްމު "މަގޭ ބިޓްގެ ވެޑިން" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
Advertisement

މި ޓްރެއިލާ އާންމުންނަށް ދޫކޮށްލާފައިވަނީ މިއަދު އެވެ. 

މި ރޮމޭންޓިކް ކޮމެޑީ އަކީ ޝަހުދާ މަހުމޫދު ލިިިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. 

މީ އޭނާގެ ދެވަނަ ފިލްމެވެ. ޝަހުދާގެ ފުރަތަމަ ފިލްމަކީ ޑާކް ރެއިންގެ ފުރަތަމަ ހޮރޯ-ކޮމެޑީ ކަމަށްވާ 2024 ގެ 'ބިބީ' އެވެ.

މި ފިލްމުގެ ލީޑްރޯލުން ފެނިގެންދަނީ ޑާކްރެއިންގެ ތަރި ޝަރަފު އަބްދުﷲއެވެ.

މީގެއިތުރުން ފާތުމަތު ރާޔާ، އަބްދުﷲ ޝާފިއު (ފުބޫ)، ހާޒިފް މުހައްމަދު، ޝީލާ ނަޖީބް، އަހުމަދު ސައީދު، އައިމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝަން މި ފިލްމުގެ ކާސްޓުގައި ހިމެނެ އެވެ. 

"މަގޭ ބިޓްގެ ވެޑިން" އަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމު ޖަންނަތު މިހާރު އަންނަނީ އޮލިމްޕަހުގައި ދައްކަމުން ނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;