މި ކަމުގައި ސޮފިއާގެ އިތުރުން އޭނާގެ މަންމަ އާއި މާމަ އަދި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓު ވެސް ވަނީ މަރުވެފަ އެވެ.
އިންސްޓަގްރާމް އަދި ޓިކްޓޮކްގައި 250،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި ސޮފިއާ އަކީ މޭކަޕް ކުރުމާއި ރީތިވުމަށް ބޭނުންކުރާ ސާމާނާ ގުޅޭ ތަފާތު ވީޑިއޯތައް އާންމުންނާ ހިއްސާކުރަމުން އައި ޒުވާނެކެވެ. އޭނާގެ ކުއްލި މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ހިތާމަފާޅުކުރަމުންނެވެ.
މި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ އޮގަސްޓު މަހުގެ އަށްވަނަ ދުވަހު ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގެ ޖަންގަލި ސަރަހައްދަކަށެވެ. މިއީ ބްރެޒިލް ބަލާލުމަށް ކުރި ދަތުރެއްގައި ހިނގި ހާދިސާއެކެވެ. އަދި ބްރެޒިލް ފުލުހުން އަންނަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;