މަލިކާ މި ބޮޑު ސިއްރު ފަޅާލީ އޭނާ ބައިވެރިވާ "ދަ ޓްރެއިޓާސް 2" ގެ އެޕިސޯޑެއްގެ ތެރެއިންނެވެ. އެ ޝޯގެ ބައިވެރިންނާ ވާހަކަދައްކަމުން މަލިކާ ބުނީ ގިނަ ބަޔަކު އޭނާ ދެކެ އަޅައިގަނެގެން އުޅުނު ކަމަށެވެ. އަދި އޭގެ ތެރެއިން އެންމެ ހާއްސަ އެކަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެކްޓަރު ކަމަށްވާ ޓޮމް ކްރޫޒް ކަމަށް އޭނާ ބުންޏެވެ.
މަލިކާ ވަނީ ޓޮމް ކްރޫޒް އާއެކު އޭނާ ޕާޓީކޮށްފައިވާ ކަމަށްވެސް ބުނެފައެވެ. އަދި އެވަގުތު އޭނާގެ އަތުގައި ފޯނު އޮތްނަމަ، ޓޮމް ކްރޫޒް އާއެކު ޕާޓީކުރި މަންޒަރު ފެންނަ ވީޑިއޯތައް ޝޯގެ ބައިވެރިންނަށް ދެއްކީސް ކަމަށް ވެސް އޭނާ ބުންޏެވެ.
މަލިކާ އަކީ މީގެ ކުރިން ހޮލީވުޑްގެ ބައެއް ފިލްމުތަކާއި އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް، އެމެރިކާގެ ލޮސް އެންޖެލިސްގައި ދުވަސްތަކެއް ވަންދެން ދިރިއުޅުނު ތަރިއެކެވެ. އެހެންކަމުން ހޮލީވުޑްގެ ބޮޑެތި ތަރިންނާ އޭނާ ބައްދަލުވެ، އެކި ހަފުލާތަކުން ފެނިފައިވެއެވެ. ނަމަވެސް ޓޮމް ކްރޫޒް އާ ދެމެދު މިފަދަ ގުޅުމެއް އޮތް ކަމަށް އޭނާ ބުނި މިއީ ފުރަތަމަ ފަހަރެވެ.
މަލިކާގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑުކިޔައި، އެކި ގޮތްގޮތަށް ވާހަކަދައްކަމުންނެވެ. ބައެއް މީހުން އެއީ ތެދެއް ކަމަށް ގަބޫލުކުރި ނަމަވެސް، އަނެއް ބަޔަކު ބުނަމުން ދަނީ މިއީ ޝޯގެ ތެރެއިން ސަމާލުކަން ހޯދަން އޭނާ ދެއްކި ވާހަކައެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;