ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލު ތަސްދީގުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ޔޫއާރުއޭގެ ބޯޑު ހަތަކަށް އިތުރުކުރާ ބިލު ރައީސް ތަސްދީގުކުރައްވައިފި
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
Advertisement

ރައީސް އޮފީހުން ބުނީ، އެ އިސްލާހުގެ ބޭނުމަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުން ކަމަށެވެ. 

އާ އިސްލާހުގައި ވަނީ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ އަދަދު އިތުރުކުރުމާއި މެންބަރުން އައްޔަން ކުރުމާއި އެ ބޭފުޅުންގެ ޝަރުތުތަކާއި މަގާމުގެ މުއްދަތަށް ބަދަލު ގެނެސްފަ އެވެ.

ކުރިން ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު ދެން އެކުލަވާލާނީ އަލަށް އައްޔަންކުރާ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއާ އެކު، ހަތް މެންބަރުންގެ މައްޗަށެވެ. އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް މީހަކު އައްޔަންކުރާނީ ރައީސެވެ.

ގާނޫނަށް ގެނައި މި އިސްލާހުތަކާ ގުޅިގެން، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް އައްޔަންކުރަންޖެހޭ މެންބަރުން، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އައްޔަންކުރަންވާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;