ads
ފްލެޓް ލިބޭ މީހުންނަށް 2028ގެ އޮގަސްޓްމަހު ފްލެޓްތައް ހަވާލުކުރަނީ
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފުލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތަކަށް 2028 ވަނަ އަހަރުގެ އޮގަސްޓްމަހު ފްލެޓްތައް ހަވާލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
Advertisement

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ހައުސިން މިނިސްޓްރީން އަންނަނީ ކުރަމުން ނެވެ. 

މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓައި ގޯތި ލިބޭ މީހުންގެ ލިސްޓް އަންނަ ޑިސެމްބަރު މަހު ނެރޭނެކަމަށް ހައުސިން މިނިސްޓްރީން ރޭ ވަނީ ބުނެފަ އެވެ. 

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް ރޭ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2028 ގެ އޯގަސްޓް މަހުގެ ތެރޭގައި ހައުސިން ޔުނިޓްތައް ނިންމައި، ރައްޔިތުންނާ ހަވާލުކުރުން ކަމަށެވެ. އަދި މިހާރު މަސައްކަތްދާ ގޮތުން އެކަން އެގޮތަށް ވާނެކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

" އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މި ޔުނިޓްތައް ރައްޔިތުންނާ ހަވާލުކުރުން. އިރާދަކުރެއްވިއްޔާ އެ ޝެޑިއުލަށް އަޅުގަނޑުމެންނަށް އަދިވެސް އެޗީވްކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ފްލެޓްތަކުގެ ލިސްޓު ނެރެން ސަރުކާރުން މަސައްކަތް ކުރާތީ އަޅާ ފްލެޓްތައް ކޮބައިތީ ގިނަ ބަޔަކު އަހާ ސުވާލުކުރަމުން އަންނަކަމަށެ ވެ.  ފްލެޓްތަކުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ހުޅުމާލޭ ފޭސް އެކެއްްގައި އަޅާ ފްލެޓުތަކުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް މިހާރު ފަށައިގެން ކުރިޔަށްދާ ކަމަށެވެ. އަދި ފޭސް ދޭއްގައި އަޅާ ފްލެޓްތަކުގެ ޑިޒައިން އެޕްރޫވަލް ނިމި ، މިހާރު އޮތީ އަމަލީ މަސައްކަތް ފެށޭ ހިސާބުގައި ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.  

މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މައުލޫމާތުތަކާއި، މި މިނިސްޓްރީއަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ފޯމުލީ ފަރާތްކަށް އަންގަމުން ގެންދާނެކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ. އަދި ސައްހަ ނޫން މައުލޫމާތު ރަނގަޅުކުރަން 7 ދުވަހުގެ މުއްދަތެއް ދޭނެކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;