އިންފޮމޭޝަން ކޮމިޝަނަރު މަގާމަށް އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު އައްޔަންކުރަން ނަން މަޖިލިހަށް ފޮނުއްވާފައި މިވަނީ އެ މަގާމުގައި ހުންނެވި އަހްމަދު އާހިދުގެ ދައުރު ހަމަވުމާއި ގުޅިގެން ނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ރައީސް މުއިއްޒު ފޮނުއްވި އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރުގެ ނަން ދިރާސާ ކުރުމަށް ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.
މިހާރު އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވި އަހްމަދު އާހިދަކީ ސަރުކާރާ ދެކޮޅު ކަންތައްތައް ކުރައްވަން އިދިކޮޅު ޕާޓިން އޮޑަރު ލިބޭ ބޭފުޅެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.
ސަރުކާރުން ދެފުށް ފެންނަ ގޮތަށްް މައުލޫމާތު ހާމަކުރަމުންދާކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު ސަރުކާރުގެ މައުލޫމާތު ހާމަނުކޮށްގެން ގިނަ މައްސަލަތަކެއް ވަނީ އިންފޮމޭޝަން ކޮމިޝަނަށް ހުށައަޅާފައެވެ. އަދި ބައެއް މައްސަލަތައް ވަނީ ކޯޓާއި ހަމައަށްވެސް ގޮސްފައެވެ.
މީގެއިތުރުން އިންފޮމޭޝަން ކޮމިޝަރުގެ ގާނޫނީ ޒިންމާ އަދާކުރަން ރައީސް އޮފީހުން ހުރަސް އަަޅަމުންދާ ކަމަށް ކަނޑައަޅައި، ރައީސް އޮފީސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ކޮމިޝަނަރުގެ އޮފީހުން ވަނީ ޖޫރިމަނާވެސް ކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;