25 ޑިސެމްބަރު 2019 ގައި އަރީޝް މަސްތުވާތަކެތި ހިފައިގެން އެމްއެމްއޭ ކައިރިއަށް ދާކަމުގެ އިންޓެލިޖެންސް މައުލޫމާތަކަށް ފުލުހުން އޭނާ ހުއްޓުވުމުން، އޭނާ ވަނީ ޖީބުން ކަޅު ޓޭޕް އޮޅާފައިވާ އެއްޗެއް ނަގައި މޫދަށް އެއްލާލާފަ އެވެ. މޫދުން ނެގި އެ އެއްޗެހީގައި 59.5687 ގްރާމްގެ ޑައިމޯފިން ހުއްޓެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އޭނާ އުމުރަށް ޖަލަށްލައި 100,000 ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.
އަރީޝްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަކުރީ ދައުލަތުގެ ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމާއި، ދިފާޢީ ހެކިންގެ ބަހަށް ރިއާޔަތްނުކުރާ ކަމެވެ. އަދި ސީސީޓީވީ ފޫޓޭޖް ނުވަތަ ފިންގަރޕްރިންޓް ރިޕޯޓު ނެތުމާއި، ކޯޓު އަމުރެއް ނެތި ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ނަމަވެސް، ފަނޑިޔާރު ފާތިމަތު ފަރްހީޒާ، ހުސައިން މަޒީދު އަދި ދީބާނާޒް ފަހުމީ ހިމެނެވަޑައިގަންނަވާ ހައިކޯޓުގެ ބެންޗުން ނިންމެވީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;