ads
ކަރީނާ ކަޕޫރު
ކަރީނާ އަނެއްކާވެސް ބައިލިވެ އިނީތަ؟
ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ތިންވަނަ ދަރިއަކަށް ބަލިވެއިން ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ހަބަރުތައް އޭނާގެ ޓީމުން ދޮގުކޮށްފިއެވެ.
Advertisement

މި އަޑުތައް ފެތުރެން ފެށީ ކަރީނާ ޖިމުން ނުކުމެގެން ދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ. އެހެންނަމަވެސް އޭނާގެ ޓީމުން ވަނީ މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ. 

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ކަސްރަތުކުރާ ހެދުމެއްގައި ހުރެ ކަރީނާ ކާރާ ދިމާއަށް ދާ މަންޒަރެވެ. މި ވަގުތު އޭނާގެ ޓީމުގެ މީހަކު ވަނީ ނޫސްވެރިންނަށް ފޮޓޯ ނުނެގޭނެހެން ކުޑައެއް ބޭނުންކޮށްގެން ކަރީނާ ފޮރުވަން މަސައްކަތްކޮށްފައެވެ. މި މަންޒަރު ފެނުމުން، އޭނާ ކުޑައިން ފޮރުވަން މަސައްކަތްކުރީ ބަނޑުބޮޑުކަން ސިއްރުކުރަން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަރީނާގެ ޓީމުން މިހާރު ވަނީ އޭނާ ބަލިވެއިން ކަމަށް ދެކެވޭ ވާހަކަތަކަށް ނިމުމެއް ގެނެސްފައެވެ. ކަރީނާ އާއި ސައިފް އަލީ ހާންއަށް މިހާރުވެސް ދެ ފިރިހެން ކުދިން ލިބިފައިވާއިރު، އެއީ ތައިމޫރު އަލީ ހާން އަދި ޖަހާންގީރު އަލީ ހާން އެވެ. އަދި ބަނޑުބޮޑު ކަމަށް ފެނުނީ ކެމެރާގެ އެންގަލްގެ ސަބަބުން ކަމަށާއި، ކެވުނު ކާނާގެ ސަބަބުން ކަމަށްވެސް އޭނާގެ ޓީމުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;