ހައި ކޯޓުގެ އަމުރަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ، ފުލުހުން ބިރުދެއްކި ކަމަށް ބުނެ ހެކިވެރިޔާ ފޮނުވި ސިޓީއަކީ ކުރީގެ އެއްވެސް މަރުހަލާއެއްގައި ފާހަގަކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ހާދިސާ ހިންގި ސީންގައި އޭނާ ހުރިކަން ވީޑިއޯ ފުޓޭޖުން އެނގެން އޮތުމުން، އޭނާ ފުރަތަމަ ދިނީ ހަގީގީ ހެކިބަސް ކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.
ނަމަވެސް، ދިފާއީ ވަކީލުން ވަނީ ހެކިވެރިޔާގެ ފުރަތަމަ ހެކިބަހުގައި ވެސް ސުވާލު އުފެދޭ ކަންކަން ހުރިކަން ފާހަގަކޮށްފައެވެ. އަދި ތުހުމަތުކުރެވޭ މީހުން ބަންދުގައި ތިބުމުން ހެކިންނަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނެތް ކަމަށާއި، ދެން ހުރި ހެކިތަކުން ކުށް ސާބިތުނުކުރެވޭނެ ކަމަށް ވަކީލުން ބުންޏެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ އިބްރާހިމް އިހްސާންގެ ރިޔާސަތުގައި، ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ އަލީ ނަދީމު ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ބެންޗަކުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;