ads
މައިކަލް: ޕާޓް 2
މައިކަލް ޖެކްސަން ކުޑަކުދިންނަށް ގޯނާކުރިކަމުގެ ތުހުމަތުތައް 'މައިކަލް: ޕާޓް 2' ގައި ގެނެސްދޭނެ
ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންއަށް ކުރެވުނު ކުޑަކުދިންނަށް ގޯނާކުރުމުގެ ތުހުމަތުތައް، ކުރިއަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު 'މައިކަލް: ޕާޓް 2' ގައި އޭނާގެ ނަޒަރުން ގެނެސްދޭނެ ކަމަށް މައިކަލްގެ ރޯލު ކުޅޭ ޖާފަރު ޖެކްސަން ބުނެފި އެވެ.
Advertisement

މި އަހަރު ނެރުނު ފުރަތަމަ ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ ފިލްމު ނިންމާލާފައިވަނީ މައިކަލްއަށް އެފަދަ ތުހުމަތުތަކެއް ކުރެވެން ފެށުމުގެ ކުރިންނެވެ. އެހެންކަމުން ދެ ވަނަ ފިލްމުގައި އޭނާގެ ހަޔާތުގެ އެންމެ އުނދަގޫ އަދި ގޮންޖެހުންބޮޑު ދުވަސްތައް ފެނިގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މީގެ ކުރިން މައިކަލްއާ ގުޅޭގޮތުން ހަދާފައިވާ ޑޮކިއުމެންޓަރީތަކާއި ލިޔެފައިވާ ލިޔުންތަކުގައި އަބަދުވެސް އިސްކަންދީފައިވަނީ ތުހުމަތުކުރާ ފަރާތްތަކުގެ ވާހަކަތަކަށެވެ. ނަމަވެސް މި ފިލްމުގައި އެ ތުހުމަތުތަކާ ގުޅިގެން މައިކަލްއަށް ކުރިމަތިވި ހިތްދަތިކަމާއި އޭނާގެ އިހުސާސްތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ވަނީ އަމާޒުހިފާފަ އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޖާފަރު ބުނި ގޮތުގައި ދެވަނަ ފިލްމުން މައިކަލްގެ ނަޒަރުން ކަންކަން ހިނގި ގޮތް ވަރަށް ރަނގަޅަށް ސާފުވެގެންދާނެ އެވެ. އޭނާ ބުނި ގޮތުގައި އޭގެ ސަބަބަކީ، މިހާތަނަށް އެ ތުހުމަތުތަކުގެ ވާހަކަ އަބަދުވެސް ދައްކާފައިވަނީ އެހެން ބައެއްގެ ނަޒަރުން ކަމަށް ވުމެވެ.

ޖާފަރު އިތުރަށް ބުނެފައިވަނީ، އެހެން މީހުން ކިޔައިދޭ ވާހަކަތަކަކީ ވަކި މަގުސަދެއް ހާސިލުކުރުމަށް ކިޔައިދީފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި އާއިލާއިން އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ މައިކަލްގެ އަޑު މީހުންނަށް ނީވުން ކަމަށާއި، ފަހު އަހަރުތަކުގައި ކަން ހިނގި ގޮތް މައިކަލްގެ ފަރާތުން ކިޔައިދިނުން ވަރަށް މުހިންމު ކަމަށް އޭނާ ބުންޏެވެ.

މައިކަލްގެ ހަޔާތުގެ ފަހުކޮޅަށް އައި ބަދަލުތަކާއި ކުރިމަތިވި މައްސަލަތަކުގެ ހަގީގަތް ހޯދުމަށް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާއިރު، 'މައިކަލް: ޕާޓް 2' ވެގެންދާނީ އެ ސުވާލުތަކަށް ޖަވާބު ލިބޭނެ ފިލްމަކަށް ކަމަށް އާއިލާއިން އުންމީދުކުރެ އެވެ. މި ފިލްމު ނެރުމަށް މަސައްކަތްކުރަމުން ދަނީ 2027 ނުވަތަ 2028 ވަނަ އަހަރުގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;