ads
އަރުޖުން ރާމްޕާލް އާއި ގަބްރިއެއްލާ
އަރުޖުން ރާމްޕާލް އާއި ގަބްރިއެއްލާ ކައިވެނިކޮށްފި
ބޮލީވުޑްގެ އެކްޓަރު އާޖުން ރާމްޕާލް އާއި އޭނާގެ ލޯބިވެރިޔާ ގަބްރިއެއްލާ ޑެމެޓްރިއާޑޭސް ގޯވާގައި ކައިވެނި ރަޖިސްޓްރީކޮށްފިއެވެ. މި ދެ މީހުން ކައިވެނިކޮށްފައިވަނީ ގިނަ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުގައެވެ.
Advertisement

މި ކައިވެނި ރަޖިސްޓްރީކޮށްފައިވަނީ ނޯތު ގޯވާގެ މާޕޫސާގައި ހުންނަ ސަބް ރެޖިސްޓްރާ އޮފީހުގައި އެ ދެމީހުންގެ ގާތް ރައްޓެހިންގެ ހާޒިރުގައެވެ. ރިޕޯޓުތައް ބުނާގޮތުން، ގޯވާގެ ގާނޫނުގެ ދަށުން ކައިވެނި ރަޖިސްޓްރީކުރުމަށް ނަގާ 15 ދުވަހުގެ މުއްދަތު ކުރުކުރުމަށްޓަކައި، އެމީހުން ވަނީ ލޯކަލް ކޯޓުން ހާއްސަ ހުއްދައެއް ވެސް ހޯދާފައެވެ.

އާޖުން އާއި ގަބްރިއެއްލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަށް އަހަރު ވެފައިވާއިރު، އެ މީހުންނަށް ވަނީ ދެ ކުދިން ވެސް ލިބިފައެވެ. އެއީ 2019 ވަނަ އަހަރު ލިބުނު ފިރިހެން ކުއްޖަކާއި 2023 ވަނަ އަހަރު ލިބުނު ފިރިހެން ކުއްޖެކެވެ. ގަބްރިއެއްލާއާ ގުޅުމުގެ ކުރިން އާޖުން ވަނީ މެހެރް ޖެސިއާއާ ކައިވެނިކޮށްފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕޮޑްކާސްޓެއްގައި އާޖުން ވަނީ އެމީހުން އެންގޭޖްވެފައިވާކަން ހާމަކޮށްފައެވެ. މީގެ ކުރިން ދިން އިންޓަވިއުއެއްގައި ކައިވެންޏަކީ ހަމައެކަނި ކަރުދާސްގަނޑެއް ކަމަށް އާޖުން ބުންޏެވެ. އޭނާ ބުނި ގޮތުގައި ކައިވެނި ނުކުރި ނަމަވެސް އެމީހުންނަށް އުޅެވެނީ ކައިވެނިކޮށްގެން އުޅޭ ބައެއް ފަދައިންނެވެ. ނަމަވެސް މިހާރު އެމީހުން މިވަނީ ގާނޫނީ ގޮތުން ކައިވެނިކޮށްފައެވެ.

ދެކުނު އެފްރިކާއަށް ނިސްބަތްވާ ގަބްރިއެއްލާ އާއި އާޖުން މިހާރު ދިރިއުޅެމުން ދަނީ ގޯވާގެ ޕަނާޖީ ކައިރީގައި އޮންނަ އަވަށެއްގައެވެ. ކުއްލި ގޮތަކަށް މި ދެ މީހުން ކައިވެނިކުރުމާ ގުޅިގެން، ބޮލީވުޑްގެ ތަރިންނާއި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މި ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;