މި ހާދިސާއާ ގުޅިގެން ސްޓަންޓް ހަދާ މީހާއަށް ވަގުތުން ސެޓަށް އެނބުރި އާދެވެން ނެތުމުން، ސަލްމާން ހާން ވަނީ ފިލްމުގެ ނުރައްކާތެރި އަދި އުނދަގޫ ބައެއް މަންޒަރުތައް އޭނާ އަމިއްލައަށް ކުޅުމަށް ނިންމާފަ އެވެ. މިއީ އާންމުކޮށް ބޮޑީ ޑަބަލް ބޭނުންކޮށްގެން ނަގާ މަންޒަރުތަކެއް ނަމަވެސް، ފިލްމުގެ މަސައްކަތް މަޑުޖައްސާލުމުގެ ބަދަލުގައި ސަލްމާން ވަނީ މި ބުރަ ޒިންމާއާ އަމިއްލައަށް ހަވާލުވެފަ އެވެ.
ސްޓަންޓް ހަދާ މީހާގެ ސިއްހީ ހާލަތު މުޅިން ރަނގަޅުވެ އަނބުރާ މަސައްކަތަށް ނުކުމެވެންދެން، ފިލްމަށް ބޭނުންވާ މުހިންމު އެކްޝަން މަންޒަރުތައް ކުޅޭނީ ސަލްމާން ހާން އަމިއްލައަށެވެ. މި ނިންމުމާއެކު ފިލްމުގެ ޝޫޓިން މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;