މި ވެބްސައިޓު އިފްތިތާހުކޮށްދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ފަލާހް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލައެއް، ރައީސަށް ވަނީ އަރުވާފަ އެވެ. ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލާ، އެމަނިކުފާނަށް އެރުވީ، އެ ސްކޫލްގެ ޗީފް އެގްޒެކެޓިވް، އަލްގާރީ އަލްހާފިޒް އަބްދުއްސައްތާރު އަބޫބަކުރެވެ.
ފަލާހް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި، ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ފަލާހު ޕްރީސްކޫލްގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ތައުލީމީ ދާއިރާގެ ހިދުމަތްތެރީން ބައިވެރިވެވަޑައިގަތެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ފަލާހުން 1976ގައި އުފެއްދި މި މުއައްސަސާ އެންމެ ފުރަތަމަ ހުޅުވިގެންދިޔައީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި "މަދްރަސަތުލް ފަލާހު" ގެ ނަމުގައެވެ. 2001 ވަނަ އަހަރު ތުއްތު ކުދިންގެ ތައުލީމީ ގްރޭޑްތައް ތައާރަފްކުރުމަށްފަހު، މިތަނުގެ ނަން ވަނީ "ފަލާހު ޕްރީސްކޫލް" ގެ ނަމަށް ބަދަލުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;