ads
ޓެލަގްރާމް މެދުވެރިކޮށް މީހެއްގެ އެކައުންޓުން 92،000 ރުފިޔާ ފޭރިގަން މައްސަލާގައި ހައްޔަރުކުރި މީހުން
ޓެލަގްރާމް މެދުވެރިކޮށް މީހެއްގެ އެކައުންޓުން 92،000 ރުފިޔާ ފޭރިގަނެފި
ޓެލަގްރާމް މެދުވެރިކޮށް މީހެއްގެ އެކައުންޓުން 92،000 ރުފިޔާ ފޭރިގަން ބަޔަކު އަތުލައިގެންފި އެވެ.
Advertisement

ފުލުހުން ބުނީ ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޕީޓީ ކޯޑު ހިއްސާކުރުމުން، ގޮތް ނޭނގޭ ޓްރާންސެކްޝަންއެއް ހިންގައި އޭނާގެ އެކައުންޓުން މަކަރާއި ހީލަތުން 92000 ރުފިޔާ އަތުލާފައިވާ މައްސަލަ މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށެ ވެ. 

މި މައްސަލަ ހުށަހެޅުމާއެކު، މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން، ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި އަދި އެކަމުގައި ބައިވެރިވި އިތުރު މީހަކު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް  ގެނެސްފައިވާކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފައިންޕާކް / ހއ. ހޯރަފުށި މުހައްމަދު ފަޒީލް (23އ) އާއި، ފައިންބީޗް / ގދ. ފިޔޯރީ އަބްޝަރު ރަޝީދު (23އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓު 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި  މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިން ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;