ads
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން
ނިމުނު އަހަރު އެމްޓީސީސީއަށް 42 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް
ފާއިތުވި 2025 ވަނަ އަހަރު އެމްޓީސީސީއަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުމާއެކު ޖުމްލަ ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 42 މިލިއަން ރުފިޔާ ލިބުނުކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
Advertisement

އާންމުންގެ ހިއްސާ އޮންނަ އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާގޮތުން، އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ޖުމްލަ 724.45 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު 501.20 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

މީގެއިތުރުން ހިންގުމުގެ ފައިދާގެ ގޮތުގައި 101.06 މިލިއަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާއަކީ 29.26 މިލިއަން ރުފިޔާ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 69.04 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި ކުއާޓަރުގައި ހިއްސާއަކަށް ޖެހުނު މިންވަރު ވަނީ 1.66 ރުފިޔާއިން 7.82 ރުފިޔާއަށް އަރާފަ އެވެ.

ޖެހިގެންއައި ތިން ކުއާޓާގައި ކުންފުނީގެ ހަރަދުތައް ކުޑަކުރުމާއެކު އާމްދަނީ އިތުރުކުރުމުގެ ސަބަބުން ދެވަނަ ކުއާޓާގައި 27.9 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓާގައި 13.3 މިލިއަން ރުފިޔާ އަދި ފަހު ކުއާޓާގައި 62.8 މިލިއަން ރުފިޔާއިން ފައިދާވިއެވެ. އެ ކުންފުންޏަށް މި ތިން ކުއާޓާގައި ލިބުނު ފައިދާއިން ފުރަތަމަ ކުއާޓާގެ ގެއްލުން އުނިކުރުމުން މުޅި އަހަރު 42.03 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބޭނެ އެވެ. 

މި ތިން ކުއާޓާގައި ވިޔަފާރީގެ ފައިދާގެ ޓެކުހުގެ ގޮތުގައި އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާއަށް ބަލާއިރު، ދެވަނަ ކުއާޓާގައި 4.9 މިލިއަން ރުފިޔާ އަދި ތިންވަނަ ކުއާޓާގައި 2.3 މިލިއަން ރުފިޔާ އަދި ފަހު ކުއާޓާގައި 6.2 މިލިއަން ރުފިޔާއާއެކު ޖުމްލަ 14 މިލިއަން ރުފިޔާ ގާތްކުރާ އަދަދެއް ޓެކުހުގެ ގޮތުގައި ދައްކަަންޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;