ތިލަމާލެ ބްރިޖު އަންނަ އަހަރު ޑިސެމްބަރު 21ގައި އާއްމުކޮށް ހުޅުވޭނެކަމަށް ލަފާކުރެވޭކަމަށް އިންފްރާސްޓަރަކްޗާ މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ.
މާލެއާ ވިލިމާލެ އާއި ދެމެދުގެ ބްރިޖުގެ "ސުޕަ ސްޓްރަކްޗާ" މަސައްކަތް މިއަދު މިވަނީ ނިންމާލާފަ އެވެ. އެގޮތުން ބްރިޖުގެ ގުޅުވާލާ އެންމެފަހު ސެގްމަންޓް މިއަދު ވަނީ ގުޅުވާ ނިންމާލާފަ އެވެ. ތިލަމާލެ ބްރިޖުގެ މާލެއާ ވިލިމާލެ ގުޅާލާ ނިންމާލި ނަމަވެސް އަދިވެސް ބުރިޖުގެ މުހިއްމު މަސައްކަތްތަކެއް އެބަހުއްޓެވެ.
އެގޮތުން ބްރިޖުގެ ފިނިޝިން މަސައްކަތްތަކާއި، ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، އަލިކުރުމުގެ މަސައްކަތްތައް އަދި ކުރިޔަށް އެބަޮ އޮތްކަމަށް އެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ކުންފުނި، އެފްކޮންސްއިން ވަނީ ބުނެފަ އެވެ. އަދި އާއްމުކޮށް ބްރިޖު ހުޅުވާލާނީ އެ ހުރިހާ މަސައްކަތެއް ނިންމާފައިކަމަށް އެ ކުންފުނިން ބުނެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ތަފްސީލު ދެއްވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ތިލަމާލެ ބްރުޖުގެ މަސައްކަތަކީ މި ސަރުކާރުން ސުމަކުން ފެށީ މަސައްކަތެއްކަމަށް ރައީސް މުއިއްޒު ދާދީ ފަހުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މާލެއާއި ބިލިމާލެއާއި ދެމެދު ތަނބެއް ޖެހި އެފަދަ އެއްވެސް މަސައްކަތެއް މި ސަރުކާރު ހަވާލުވިއިރު ކުރެވިފައި ނުވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މިދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައި ފެށި ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. މި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީއެވެ. ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;