ads
މަރިޔަމް އީމާ މުހައްމަދު
އީމާ މިސް ވޯލްޑްގެ ގަދަ 40 އަށް ގެންދިއުމަށް ވޯޓުލާން ހުޅުވާލައިފި
އިންޓަނޭޝަނަލް ފެންވަރުގައި ބާއްވާ މިސް ވޯލްޑް މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ މަރިޔަމް އީމާ މުހައްމަދު، އެ މުބާރާތުގެ ގަދަ 40 އަށް ގެންދިއުމަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
Advertisement

 އީމާ ރާއްޖެ ތަމްސީލުކުރަމުން ދަނީ ވަރަށް ފުރިހަމަކަމާއެކު ކަމަށާއި، އޭނާއަށް އާންމުންގެ އެއްބާރުލުން ބޭނުންވާކަމަށް ސޯޝަލް މީޑިއާގައި މިސްވޯލްޑު މޯލްޑިވސްގެ ފަރާތުން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ. 

މި މުބާރާތުގެ ޕީޕަލްސް ޗޮއިސް އެވޯޑް ކާމިޔާބުކޮށް، ގަދަ 40 ގެ ތެރެއިން ޖާގައެއް ކަށަވަރުކުރުމަށް އީމާއަށް ދިވެހިންގެ ވޯޓު ވަރަށް މުހިންމެވެ. އީމާއަށް ވޯޓުލުމަށް ދީފައިވާ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު އަށްގަޑި ސުންމިނެޓެވެ. މި ފުރުސަތުގައި ވީހާވެސް ގިނަ ބަޔަކު އީމާއަށް ވޯޓުދީ، މުޅި ގައުމު އޭނާގެ ފަހަތުގައި އޮތްކަން ސާބިތުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

your imageއީމާއަށް ވޯޓުލާން އެދި ތައްޔާރުކޮށްފައިވާ ޕޯސްޓެއް

އީމާއަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް، އެކަމަށް ހާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް އޮންލައިންކޮށް ވޯޓު ދެވޭނެ އެވެ. ކޮންމެ ވޯޓަކީ ވެސް އީމާއަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށްވާއިރު، އިންޓަނޭޝަނަލް މައިދާނުގައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އީމާ ކުރަމުންދާ މަސައްކަތަށް ސަޕޯޓު ކުރުމަށް ވަނީ އެދިފައެވެ. 

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;