ads
ބާރު ސްޕީޑްގައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ސޯލާ ޕެނަލްތަކުގައި ޖެހި އެކޮޅު ކޮޅުން ޖެހިފައި
ބާރު ސްޕީޑްގައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ސޯލާ ޕެނަލްތަކުގައި ޖެހި އެކޮޅު ކޮޅުން
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ހައިވޭ ސޯލާ ޕެނަލް ތަކުގައި ޖެހި ކަާރު ފުށުން ޖެހިއްޖެ އެވެ.
Advertisement

މިއަދު ހެނދުނު ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި މީހަކަށް އަނިޔާވިކަމެއް އަދި ސާފެއް ނުވެ އެވެ. އަދި ކާރުގައި ތިބީ ކިތައް މީހުން ކަމެއްވެސް ނޭނގެ އެވެ. 

މި އެކްސިޑެންޓުގައި ކާރު ޕެނަލްތަކުގައި ޖެހި ވަނި އެކޮޅު ކޮޅުން ޖެހިފަ އެވެ. އަދި ސޯލާ ޕެލަލްތަކުން ބައެއް ވަނީ ބިންދައިގެން ގޮސްފަ އެވެ. 

މީގެ އިތުރުން، އެކްސިޑެންޓުވި ލަގްޒަރީ ކާރަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

"މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރޮޅާލައިފައެވެ. މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް މިހާރު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.  އަދި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓަށް ފަހު ކާރު ތެރެއިން މީހަކާއި ކުޑަ ފިރިހެން ކުއްޖަކު ނުކުމެ ހިނގާފައިދެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;