ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ހަރުކަށިކޮށް ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ވަނީ މަޖިލިހަށް ހުށައަޅާފަ އެވެ. އެ ބިލް ކޮމެޓީގައި ދިރާސާކުރުމަށް ފަހު ތަޅުމަށް ފޮނުވުމުން އިއްޔެ ޖަލްސާގައި ވަނީ އެ ބިލް އަލުން ކޮމެޓީއަށް ފޮނުވާލާފަ އެވެ. ސަރުކާރަށް ތާއިދުކުރާ މެމްބަރުނ އެ ބިލް އަލުން ކޮމެޓީއަށް ފޮނުވާލީ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް ކަމަށް ބުނެ އެވެ.
މާލިއްޔަތު ކޮމެޓިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ބިލަށް ވަނީ އިސްލާހުތަކެއް ހުށައަޅާފަ އެވެ.
އެ އިސްލާހުތަކުގެ ތެރޭގައި އެމްއެމްއޭއިން ކަނޑައަޅާ އަގަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކާނަމަ އެ ބަޔަކުވެސް ޖޫރިމަނާ ކުރަން ގާނޫނުގައި ހިމަނަން ވަނީ ނިންމާފަ އެވެ. އެގޮތުން އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކާ ނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލާ، 25،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ގާނޫނުގައި ހިމަނަން ވަނީ ނިންމާފަ އެވެ.
މީގެއިތުރުން ކަޅު ބަޒާރުގައި ޑޮލަރު ވިއްކާ އަދަދު ހާމަކުރާނަމަ އެއީ އިސްތިހާރެއްކަމަށް ބަލާ އެކަން ކުރާ ފަރާތްތަކަށްވެސް އަދަބެއްގެ ގޮތުން ބޮޑެތި ޖޫރިމަނާތައް ގާނޫނުގައި ހިމަނަން ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;