ހިންވަރު ކައުންސިލުން ބުނީ އެ ރަށު ރަށްވެހިން ހިންނަވަރުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވުމަކީ ހިންނަވަރުގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރުކުރާ ކަމެއްކަމަށް ފާހަގަ ކުރެވޭތީއާއި ހިންނަވަރުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، ރަށްވެހިކަން ބަދަލުކުރުމަށް ފީ އެއް ނަގަން ނިންމާފައިވާކަމަށެ ވެ.
އެގޮތުން ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާ އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ހިދުމަތުގެ އީދާރީ ފީއެއްގެ ގޮތުގައި 2000ރ ނެގުމަށް ކައުންސިލުން ނިންމާފައިވާކަމަށެ ވެ. އަދި މި ފީ ނަގަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންކަމަށްވެސް ހިންނަވަރު ކައުންސިލުން ވަނީ ބުނެފަ އެވެ.
ޅ. އަތޮޅުގައި މީހުން ގިނަ ކުޑަ ރަށެއްގެ ގޮތުގައި އޮންނަ ހިންވަރުގެ އާބާދީ އަކީ 2000 މީހުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;