މިދިޔަ މާރިޗުމަހުގެ 13 ވަމަދ ުވަހުގެ ރޭ ދަންވަރު ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައ ފަސް މީހަކު ވަނީ މަރުވެފަ އެވެ. އެ އެންމެނަކީވެސް ބަންގަލަދޭޝް ރައްޔިތުން ނެވެ. އެ ހާދިސާ ހިނގީ ހާރު ކެއުމަށް ކާއެއްޗެހި ތައްޔާރުކުރުމަށް އުޅުމުގެ ތެރޭގައި ގޭސް ސިލިންޑަރު ގޮވައިގެން ނެވެ.
އެ ހާދިސާއާ ގުޅިގެން ސަރުކާރު އިދާރާތަކުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްފައިވޭތޯ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީ މެދުވެރިކޮށް ބަލައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގަތެ ވެ.
މެމްބަރު ކުޑޫއަށް މަޖލީހުން ފޮނުވި ޖަވާބުފައިވާ ގޮތުން ފަސް މީހުން މަރުވެ ދެ މީހެއްގެ ހާލު ސީރިއަސްވި އަލިފާނނުގެ ހާދިސާ ހިނގި އެކޮމަޑޭޝަން ބޮލަކީ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ހިދުމަތް ދިނުމަށް ގަވައިދުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ނޫނެވެ. އަދި އެ ހާދިސާގައި މަރުވި 5 ބިދޭސީންނަކީވެސް އެ ހާދިސާ ހިނގި ވޯކްސައިޓަށް ރަޖިސްޓްރީކޮށްފައިވާ ބައެއް ނޫންކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެއިތުރުން މަރުވި ފަސް މީހުން ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ އީ އެމީހުން ރާއްޖެ ގެނައި މީހުން ކައިރީ ނޫންކަމަށާއި އެ މީހުން މަސައްކަތް ކުރަމުން ގޮސްފައިވަނީ ގަވައިދާ ހިލާފަށް ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މަރުވި މީހުންގެ ވާކްޕާމިޓެއް ނެތް، އެކަކީ އިދާރާތަކުން ހޯދަމުންދިޔަ މީހެއް
މިނިސްޓްރީގެ މައުލޫމާތުތަކަށް ބަލާއިރު އަލިފާނުގެ ހާދިސާގައި މަރުވި 5 މީހުންގެ ތެރެއިން އެކަކީ ގެއްލިގެން ހޯދަމުން ދިޔަ މީހެކެވެ. އަނެއް ހަތަރު މީހުންގެ ތެރެއިން 3 މީހެއްގެ ވޯކް ޕާމިޓުގެ މުއްދަތު ހަމަވެފައި އޮތްއިރު އަނެއް މީހާގެ ވޯކް ޕާމިޓް އޮތީ ކެންސަލްކޮށްފައިކަމަށް މިނިސްޓްރީން ބުނެ އެވެ.
ތަހުގީގުގައި 42 މީހުންނާއި ސުވާކުކުރި ދެ މިހަކާ ސުވާލު ނުކުރެވޭ
ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ތަހުގީގުގައި މިހާތަނަށް 42 މީހަކާއި ސުވާލުކޮށް ތަހުގީގަށް ބަޔާން ނަގާފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އެހެންނަމަވެސް އެ ތަހުގީގަށް ވަރަށް މުހިއްމު ދެމީހަކާއި މިހާތަނަށްވެސް ސުވާލުކުރެވިފައި ނުވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ދެމީހުންނަކީ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ހާލު ސީރިއަސްވި ދެ މީހުން ނެވެ. އޭގެތެރެއިން އެކަކު ބަންގްލަދޭޝްއަށް ފުރައިގެން ދިޔަ އިރު އަނެއް މީހާއަށް ފަރުވާދެނީ އައިޖީއެމްއެޗްގަ އެވެ.
ރޯވީ ގޭސް ފުޅީގައި ، ގިނަ މީހުން ތިބީ ނިދާފައި
ހޯމް މިނިސްޓްރީން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ކައްކަން އުޅުމުގެ ތެރޭ، ބޭނުންކުރަމުން ދިޔަ ގޭސްފުޅީގެ ރެގިއުލޭޓަރާވީ ހިސާބުގައި ކުއްލިއަކަށް އަލިފާން ރޯވެގެންކަމަށެ ވެ. އޭރު އެ ފުޅިއާ އިންވެގެން އިތުރު ކައްކާ ގޭސް ފުޅިތަކެއް ހުރިކަމަށާއި އެއީ 45 ކިލޯގެ ދެ ފުޅިކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ތަނުގައި ރޯވި ވަގުތު އެ ތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނަ މީހުން ތިބީ ނިދާފައި ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;