ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭއަކީ އެންމަޑި އާއި ފެހުރިއްސަށް ހާއްސަ ސަރަހައްދެކެވެ. ކޮންމެ އަހަރަކުވެސް އެތައް ޓޫރިސްޓުންނެއް ޒިޔާރަތްކުރާ، ހަނިފަރު ބޭ އަކީ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގެ ބައެއްގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.
އެންވަރަޔަމެންޓް މިނިސްޓަރު އަލީ ޝަރީފް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔަރާތުގައި ހަނިފަރު ބޭ ސަރަހައްދަށް ވަޑައިގެން ވަނީ އެތަނުގައި މަސައްކަތް ކުރާ ރޭންޖަރުންނާ ބައްދަލު ކުރައްވާފަ އެވެ. މިނުސްޓްރީން ބުނީ މި ބައްދަލުވުމުގެ ބޭނުމަކީ އެއީ އެތަން ބެލެހެއްޓުމަށް އެ މީހުން ކުރާ މަސައްކަތް ބެލުންކަމަށެވެ. އެގޮތުން ހަނިފަރު ބޭއަށް ފީނުއްވައި ތަނުގެ ހާލަތު ވެސް މިނިސްޓަރު އަލީ ޝަރީފް ބެއްލެވި ކަމަށް މިނިސްޓްރީން ބުނެ އެވެ.
ހަނިފަރު ބޭގެ ހާލަތު މިނިސްޓަރު ބައްލަވާލައްވަނީ
މީގެއިތުރުން މިނިސްޓަރުގެ ބ. މެންދުއަށް ވެސް މިނިސްޓަރު ވަނީ ވަޑައިގެންފަ އެވެ.
ބަޔަސްފިއާ ރިޒާވްގެ ދަށުން ހިމާޔަތް ކޮށްފައިވާ މެންދޫއަކީ ކަހަލަ މުރަކައިގެ އިތުރުން ދޫންޏާއި ވެލާ ކަހަނބު ބިސް އަޅާ ސަރަހައްދެކެވެ. އަދި ރާއްޖޭގައި ގާއިމްކޮށްފައިވާ ފުރަތަމަ، ޕައިލެޓް ރިމޯޓް މޮނިޓަރިން އެންޑް ސަވެއިލަންސް (އާރްއެމްއެސް) ސްޓޭޝަނެއް ހުންނަނީ ވެސް މެންދޫގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;