އެމްޓީސީސީން އިން އިއްޔެ ބުނީ އެ ކުންފުނިން ތަރައްގީކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ހެކުކޮށް، އާންމުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް ސޯޝަލް މީޑިއާއަށް ލީކުކޮށްލީ ސިޔާސީ މަގުސަދެއްގައި އެ ކުންފުނީގެ މުވައްޒަފެއް ކަމަށެވެ. އެހެންނަމަވެސް އެ މުވައްޒަފުގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.
ޓެކްސީ ލައިންގެ އެޕްލިކޭޝަނާއި އެކަމާ ގުޅޭ ހިދުމަތްތައް ދިނުމަށް އެމްޓީސީސީން 13 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެކަން ހަވާލުކުރީ ފިކްސްޑް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
އެ އެޕްލިކޭޝަން ހެކުކޮށްފައިވާކަން އެނގުނީ ޓެކްސީ ހިދުމަތްދޭ ބައެއް ޑްރައިވަރުންގެ ނަން ބަދަލުކުރި ހިސާބުންނެވެ.
އޭގެ ފަހުން ސޯޝަލް މީޑިއާއަށް ލީކުކޮށްލި މައުލޫމާތުގެ ތެރޭގައި:
- ހިދުމަތް ބޭނުންކުރި އާންމުންގެ ނަން، ފޯނު ނަންބަރު، ވޮލެޓު އައިޑީ އަދި އީމެއިލް އެޑްރެސް
- ކަސްޓަމަރުން ކޮށްފައިހުރި މެސެޖުތައް
- ކަސްޓަމަރުން ކުރި ދަތުރުތަކުގެ ތަފްސީލު
އެޕްގައި ހިމެނޭ ޒާތީ މައުލޫމާތު ލީކްވުމާއި ގުޅިގެން އެމްޓީސީސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓެކްސީ އެފް ބަޔަކު ހެކް ކުރިކަމަށް ބުނެ ދައުރުވާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.
އެގޮތުން އެޕްގެ ބެކް އެންޑު ޑޭޓާބޭސް ސިސްޓަމްގައި ހުރި މައުލޫމާތުތަކަށް ބަދަކު ގެނެސް ސިސްޓަމްގައި ހުރި މައުލޫމާތުތައް ސްކްރީން ޝޮޓްނަގާ ލީކް ކޮށްލާފައިވަނީ އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން އެނގިފައިވާކަމަށެވެ.
އެކުންފުނިން ބުނީ މި ނޭދެވޭ އަމަލު ހިންގަފައިވާ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައި ކަމަށެވެ. އަދި ކުންފުނީގެ އުސޫލަތަކުގެ ތެރެއިން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ މުވައްޒަފާއި ދެކޮޅަށް އަޅާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް އެމްޓީސީސީން އިއްޔެ ވަނީ ބުނެފަ އެވެ.
ޓެކްސީ އެޕުގެ ބެކްގްރައުންޑު ޑޭޓާ ބޭސް ސިސްޓަމަށް ބަދަލު ގެނައިކަން ކުންފުނީގެ އައިސީޓީ ނެޓުވޯކް ސެކިއުރިޓީ ސިސްޓަމަށް ފާހަގަވުމާއެކު، ވަގުތުން އެ ސިސްޓަމް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައި ކަމަށް އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;