އާމްދަނީން ޓެކްސް ނެގުުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ހުށައެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އެވެ.
މި ބިލަށް ބަހުސްކުރުމަށްފަހު ބިލް ބަލައިގަންނަން ނެގި ވޯޓުގައި 65 މެމްބަރު ބައިވެރިވެޑއިގެންނެވިއިރު 64 މެމްބަރުން ވަނީ ބިލް ބަލައިގަތުމަށް ފެންނަކަމަށް ވޯޓް ދެއްވާފަ އެވެ. ބިލް ބަލައި ގަންނަން ނުފެންނަކަމަށް ވޯޓް ދެއްވީ އެންމެ މެމްބަރަކެވެ. ބިލް ބަލައިގަތުމަށް ފާސްވުމުން ބިލް ވަނީ ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމެޓިއަށް ފޮނުވާފައެވެ.
ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް، ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކަން ޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ރާއްޖޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީންނެވެ.
ވިތުހޯލްޑިން ޓެކްސްގެ ބައެއް ބޮޑު ކުރުމަށް ސަރުކާރުން މިއަދު ހުށަހެޅިއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް ޖީއެސްޓީ ނަގަން ފެށުމަށް ވެސް އިއްޔެ އިސްލާހެއް ހުށަހަޅާފައިވެ އެވެ. މި ބަދަލާ އެކު، އަހަރަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;