އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވަން ތާވަލްކޮށް ނިންމާފައިވާއިރު، ކުންފުނީގެ މެޖޯރިޓީ ސަރުކާރަށް ފުރޮޅާލުމަށް ކުންފުނީގެ ހިއްސާގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމައި "ރައިޓްސް އިޝޫ"އަކަށް ހުޅުވާލައިގެން އިތުރު ހިއްސާ ވިއްކަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާކަމުގެ އަޑުތަކެއް ބައެއް މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުން ނެވެ.
މި މަހުގެ 31 ވަނަ ދުވަހުގެ ރޭ އޮންނަ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިވާއިރު، ހިއްސާގެ އޮނިގަނޑަށް ގެންނަން ފާސްކުރި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ބަދަލުތަކާއި ގުޅޭ އެއްވެސް ކަމެއް އެޖެންޑާކޮށްފައެއް ނުވެ އެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 11ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންނަށް
މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 50 ލާރި ބަހަން ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައި
އެމްޓީޑީސީއަށް މި ވަގުތު އާމްދަނީ ލިބޭ ޕްރޮޕަޓީތަކުގެ ތެރޭގައި ހިމެނެނީ މަގުއްދުވާގެ އިތުރުން އަނަންތާރާ ކިހަވައް ވިލާސް ހިނގާ ބ. ކިހަވައް ހުރަވަޅި އެވެ. އެ ކުންފުނިން މި ވަގުތު ހިންގަމުން އަންނަ ޕްރޮޖެކްޓުތަކުގެ ތެރޭގައި ބީއެމްއެލްއިން ލޯނެއް ނަގައިގެން ތަރައްގީކުރަމުން އަންނަ ހދ. ނާގޮއްޓާއި، ހުޅުމާލޭގައި ތަރަައްގީކުރަމުން އަންނަ އޮފީސް އިމާރާތް ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;