ހާތަމީ މިކަން އިއުލާން ކުރެއްވީ އެމެރިކާ ސިފައިން ގަލްފުގައިވާ އީރާނުގެ ބައެއް ޖަޒީރާތަކަށް ވައިގެ މަގުން ފޭބުމަށް ނުވަތަ ކަނޑުގެ މަގުން އެރުމަށް އެމެރިކާ ރާވައިފާނެކަމުގެ އަޑުތަކެއް އަރާފައިވާ ވަގުތެއްގަ އެވެ.
އޭނާ ވިދާޅުވީ "އީރާނުގެ ކެރޭ، ހިތްވަރުގަދަ އަންހެނަކު" މިފަދަ އަމަލެއް ހިންގައިފި ނަމަ އިނާމު ދެ ގުނަކޮށް ލިބޭނެ ކަމަށެވެ.
އީރާން އާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ހަނގުރާމައިގެ އެއްވެސް މަގްސަދެއް މިހާތަނަށް ހާސިލް ވެފައިނުވާއިރު އީރާންވަނީ އެގައުމުގެ ދިފާއުގައި ހުރުމުޒުކަނޑުއޮޅި ބަންދުކޮށްފަ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކަކަށްފަހު އެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ކުރީގެ ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ. އާ ސުޕްރީމް ލީޑަރަކީ ހާމަނާއީގެ ދަރިކަލެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;