ހެލްތު މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ކުރިއަށް އޮތް ދެ އަހަރަށް އެ ޖަމިއްޔާގެ ރައީސަކަށް އަސްއަދު ހޮވުމަކީ ސަރަހައްދީ އެއްބާރުލުން ހަރުދަނާކޮށް، ހާއްސަ ތަމްރީނާއި އިލްމު ބަދަލުކުރުން ފުޅާކޮށް އަދި ހޭނެއްތުމާއި ކްރިޓިކަލް ކެއާގެ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރަން ލިބުނު މުހިއްމު ފުރުސަތެއް ކަމަށެވެ.
އޭގެ އިތުރުން ލީޑަޝިޕް ރޯލުން ތަމްރީނު ޕްރޮގްރާމްތަކާއި ފަންނީ އެއްބާރުލުމާއި ރިސާޗް އަދި ކެޕޭސިޓީ ތަރައްގީކުރަން އެހީތެރިވެދިނުމާއި ސާކްގެ މެމްބަރު ގައުމުތަކުގައި ހުރި ތަޖުރިބާ އަދި ވަސީލަތްތަކުގެ ފައިދާ ވެސް ރާއްޖެއަށް ލިބުމުގެ މަގު ތަނަވަސްވާނެ ކަމަށް ބުންޏެވެ.
2024 ވަނަ އަހަރު އައިޖީއެމްޗާ ގުޅިވަޑައިގަތް އަސަދު ޕެއިން ސްޕެޝަލިޓީގެ ދާއިރާއިން ފެލޯޝިޕް ހެއްދެވީ ވޯލްޑް ފެޑެރޭޝަން އޮފް ސޮސައިޓީސް އޮފް އެނެސްތީސިއޮލޮޖިސްޓް އަދި އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ދަ ސްޓަޑީ އޮފް ޕެއިން ގުޅިގެން ހުޅުވާލި ސްކޮލަޝިޕެއްގެ ތެރެއިންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;