އުމުރުން 25 އަހަރުގެ ވިފާގް މަރުވީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު މ. ހަސޯވާ ބިލްޑިންގުން ވެއްޓި އެވެ.
ދަރިފުޅުގެ މަރަށް ދެ އަހަރު ވި ދުވަހާއި ގުޅިގެން އިބްރާހިމް އަދުނާން އަނީސް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ދެލޮލުގެ ނޫރުފަދަ ލޯބިވާ ދަރިފުޅު ނިޔާވި ހާދިސާގައި ކަން ހިގައިގެން ދިޔަ ގޮތުން ޝައްކު އުފެދޭ ގިނަ ކަންކަން ހުރި އިރު އިންސާފު ލިބުން ލަސްވެއްޖެ ކަމަށެވެ. އަނީސް ޕޯސްޓުގައި ވިދާޅުވީ ދަރިފުޅުގެ މަރުގައި ތުހުމަތުވާ މީހުން ތިބީ ސިޔާސީ ގޮތުން ނަފާ ހޯދައިގެންކަމަށެވެ. އަދި ބޮޑު މަގާމެއްގައި ހުރުމަކީ ހިންގާފައި ހުރި ޖަރީމާރަކުން ސަލާމްވުމަށް ލިބޭ ލައިސަންސަކަށް ވެގެން ނުވާނެކަމަށެވެ،
އަނީސް ބުނީ ނުރައްކަލުގެ ރަނގަބީލުން ބާރު އަޑު ގުގުމާލުމަކީ ބަދަލު ހިފުމަށް އަޅާ ރަނގަބީލަކަށް ވެއްޖެނަމަ ހިގާފާނެ ހާދިސާތަކަކީ ދެކެން ބޭނުންވާ ދުވަހެއް ނޫންކަމަށެވެ. އެހެންކަމުން ދަރިފުޅުގެ މަރުގެ މައްސަލާގައި ގާނޫނީ އިދާރާތަކުގެ އެހީއާއި އެކު އިންސާފު ބޭނުންވާކަމަށްވެސް އަނީސްގެ ޕޯސްޓުގައި ވެއެވެ.
ވިފާގުގެ މަރުގެ މައްސަލާގައި ޓީޥީ ޗެނަލަކުން ގެނެސްދން ޑޮކިއުމެންޓަރީއަކާއި ގުޅިގެން ފުލުހުން ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވާ އެ ޒުވާނާ ޒާތީ މައުލޫމާތުތަކެއް އާއްމުކޮއްފައެވެ. އެކަމާއި ފާޑުކިޔުންތައް އަމާޒުވުމުން ފުލުހުން ވަނީ ފަހުން އެކަމަށް މައާފަށްވެސް އެދިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;