ads
ރައްޔިތުން މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހް
މަޖިލީހަށް 1 ކަމެއްގައި 2 ޕެޓިޝަން ހުށައެޅޭގޮތަށް ގަވައިދު ބަދަލުކުރަނީ
ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހަޅައިފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަންވެސް ހުށަހެޅޭ ގޮތަށް ގަވައިދު ބަދަލުކުރަން ހުށަހަޅައިފި އެވެ.
Advertisement

އެއް ކަމެއްގައި ދެ ޕެޓިޝަން ހުށަނޭޅޭ ގޮތަށް އޮތް އޮތުން މަޖިލީހުގެ ގަވާއިދުން އުނިކުރަން ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫ ހެވެ.

މަޖިލީހުގެ ރިޔާސަތުން ވަނި މި މައްސަލަ ބަލައިގަނެ ދިރާސާކުރަން ކޮމެޓީއަށް ފޮނުވާފަ އެވެ. އަދި މައްސަލަ ދިރާސާކުރުމަށް މިއަދު މެންދު 12 ޖަހާއިރު ކޮމެޓީގެ ބައްދަލުވުމެެއް ބާއްވަންވެސް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. ރައްޔިތުން މަޖިލީހުގެ ގަވައިދުގައި މިހާރު ބުނަނީ މަޖިލިހަށް ހުށައަޅާ ޕެޓިޝަނެއްގައި މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށް ގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައި ވެގެން ނުވާނެ ކަމަށެވެ. މަމްދޫހު ހުށައެޅުއްވީ ގަވައިދުގައި އޮތް މި މާއްދާ އުވާލާ ށެވެ. 

ގަވައިދަށް ބަދަލު ގެންނަ ސަރުކާރުގެ މެމްބަރު ހުށައަޅާފައި މިވަނީ ކައުންސިލްތަކުގެ ބާރުގައިވާ ބިންތައް ސަރުކާރުން ބޭނުންވެއްޖެނަމަ ކަައުންސިިލްގެ އިހުތިސާސްއިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށައެޅި އިސްލާހު އަނބުރާ ގެންދިއުމަށް ގޮވައިލައި 2000 ވުރެ ގިނަ މީހުންގެ ސޮޔާއިއެކު ހުށަ އެޅި ޕެޓިޝަންގެ އެ މައްސަލަ ތަޅުމުގައި އެޖެންޑާކުރަން ނިންމާފައިވަނިކޮށް އެ ބިލް ބަލއިގަތުމަށް ވެރިކަން ކުރާ ޕީއެންސީގެ ސަޕޯޓަރުން ޕެޓިޝަނެއް ވެއްދުމާއި ގުޅިގެން ނެވެ. 

ސަރުކާރުން ބިލް ފާސްކުރުމަށް ގޮވާލާ ހުށައެޅި ޕެޓިޝަނަށް މިހާތަނަށް ލިބިފައިވަނީ 850 އެއްހާ ސޮޔެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;