ads
ގަލޮޅު ސިޓީ ޕާކު ތަރައްގީކޮށް އަލުން ހުޅުވުން - ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނަގާ ބިލް ފާސްކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަނީ
ކައުންސިލްތަކުގެ ބިންތައް ވަޒީރުންގެ މަޖިލީހަށް އަތުލުމުގެ ބާރު ދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލް ފާސްކުރުމަށް ގޮވާލައި އީ-ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
Advertisement

ސަރުކާރުން ކުރިއަށްގެންދާ ތަރައްގީޤީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކަައުންސިިލްގެ އިހުތިސާސްއިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. މި އިސްލާހު ހުށަހެޅީ ތުޅާދޫ ދައިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު އެވެ.

މިމަހުގެ 7 ވަނަ ދުވަަހު ހުށަހެޅި ބިލާ ދެކޮޅަށް ތައްޔާރުކުރި ޕެޓިޝަނުގައި މިހާތަނަށް 2،222 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. އެއާއެކު މި ޕެޓިޝަން މިހާރުވެފައިވަނީ ތްރެޝްހޯލްޑް 2ގެ ނުވަތަ ހާއްސަ ޕެޓިޝަނަކަށެވެ. މި ފަދަ ޕެޓިޝަނަކަށްވަނީ، ދިވެހީންގެ އާބާދީގެ %0.5 އާ އެއްވަރަށް ސޮއި ހަމަވުމުންނެވެ.  

މީގެ އިތުރުން ބިލް ފާސްކުރުމަށް ގޮވާލާ މިހާރު އަންނަނީ ޕެޓިޝަންގައި ސޮއި ކުރަމުން ނެވެ. ސަރުކާރަށް ތާއީދު ކުރާ ސިޔާސީން ޕްރޮމޯޓް ކުރަމުން އަންނަ ޕެޓިޝަނުގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކުރަމުން އަންނަ މި ބިލުގައިވާ ގޮތުން، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލެއްގެ އިހުތިސާސްގައިވާ ބިމެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމުން، އެ ބިމެއް ކައުންސިލުގެ މިލްކިއްޔާތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެ އެވެ.

އޭގެ އިތުރުން، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިންވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއަކަށް ބިމެއް ހޯދަން އެދިއްޖެނަމަ، އެ ބިމެއް ސަރުކާރާ ހަވާލުކުރަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފައި މި ވަނީ، މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު އެވެ. އެ އިންތިހާބުގައި ހުރިހާ ސިޓީތަކާއި ބޮޑެތި ރަށްތަކުގެ ކައުންސިލްތަކުގެ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;