މިކަމުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން 3,698 ސީބީއެމް ވެލި ބަނދަރުތެރެއިން ނަގާ ނެރު ފުންކުރުމާއި 74 މީޓަރުގެ އެއްގަމު ވާޓަރެއް ރޭމްޕާއި ސިޑި ހިމެނޭހެން ތަރައްގީ ކުރުން ހިމެނެ އެވެ. އަދި ތިން މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއި 24 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއެއް ގާއިމުކުރުން ހިމެނެ އެވެ.
މީގެ އިތުރުން 74 މީޓަރުގެ ދިގު ދެ މީޓަރުގެ ފުޅާ ކޮންކްރީޓް ޖެޓީއެއް ތަރައްގީ ކުރާނެ އެވެ.
ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރިއިރު، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ އެ ރަށުގެ ދެކުނު ފަރާތުން ގޮނޑުދޮށުގެ ބޮޑުބައެއް މިހާރު ވެސް ވަނީ ގިރައިގެން ގޮސްފަ އެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި ގޮނޑުދޮށް ހިމާޔަތް ކުރެވުމާއެކު ރަށްގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބޭނެ އެވެ. އަދި ޑިންގީ ޖެޓީ ނިމުމުން އެކި ބޭނުންތަކަށް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ވެސް ހައްލު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;