ads
އޭޑީބީގެ ލޯނު އެހީގެ އެއްބަސްވުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އާއި އޭޑީބީގެ ރީޖަނަލް ހެޑް ޑރ. ތިއާމް ހީ ނިގް ބަދައްލުކުރައްވަނީ.-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
އޭޑީބީއާއެކު 50 މިލިޔަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފި
"އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ހިންގުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީއާއި ދިވެހި ސަރުކާރާ ދެމެދު 50 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ފަރާތުން ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އެވެ. އަދި ސްޓޭޓް ޓްރޭޑިންް އޯގަނައިޒޭޝަން، އެސްޓީއޯގެ ފަރާތުން ޕްރޮޖެކްޓް އެގްރީމަންޓުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓާ އަދި ޗީފް އެގްޒެކެޓިވް އޮފިސާ ޝިމާދު އިބްރާހީމްއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން މި ދެ އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، އެސްޓީއޯ އަދި އޭޑީބީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

your image

އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންޓް ޕްރޮޖެކްޓުގެ އެއްބަސްވުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމާއި އޭޑީބީގެ ރީޖަނަލް ހެޑް ޑރ. ތިއާމް ހީ ނިގް ބަދައްލުކުރައްވަނީ.-- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރުކާރުން ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުން ކަމަށެވެ.

މި ފެސިލިޓީއަކީ މަލްޓިލެޓަރަލް ބޭންކުތަކުން ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެހިފައިވާ ފައިނޭންސިންއެކެވެ. މިފަދަ ކޮންސެޝަނަލް ފެސިލިޓީތަކުގެ ސަބަބުން ސަރުކާރުގެ ޑެޓް ސަސްޓެއިނަބިލިޓީ ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މެދުއިރުމަތީގެ ހިނގަމުން ދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ތެޔޮ ގަތުމަށް ވޯލްޑް ބޭންކުންވެސް ވަނީ 40 މިލިއަން ޑޮލަރުގެ ލޯނެއް މިދިޔަ މޭ މަހު ހަމަޖައްސައިދީފަ އެވެ. އެ އަދަދާއި އެކު ތެޔޮ ގަތުމަށް ވޯލްޑް ބޭންކާއި އޭޑީބީން މިވަނީ ޖުމްލަ އަދަދު 90 މިލިއަން ޑޮލަރަށް އަރާފަ އެވެ.

އޭޑީބީން ވަނީ ރާއްޖޭގެ އިތުރުން ފިލިޕީންސަށް ވެސް 750 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދޭން ނިންމައިފަ އެވެ. އެ އެހީ ފޯރުކޮށްދެނީ އެ ގައުމުގެ ބިލްޑް ޔުނިވާސަލް ހެލްތު ކެއާ ޕްރޮގްރާމަށް އެހީވުމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;