ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަޝްރޫއުގައި 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 142.67 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ސަބަބުން، ރަށުގެ އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޖާގައިތުރުވެގެން ދިއުމާއެކު ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
އެ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;