ads
މިނި މަސް ކާ ފަނިތަކެއް
މިނި މަސް ކާ ފަނިތަކެއް މެކްސިކޯގައި ހަލުވިކަމާއެކު ފެތުރެން ފަށައިފި
މެކްސިކޯއާއި ސެންޓްރަލް އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި މިނި މަސް ކާ ފަނިއެއް ހަލުވިކަމާއެކު ފެތުރެން ފަށައިފި އެވެ.
Advertisement

"ނިއު ވޯލްޑް ސްކްރޫވޯމް" ގެ ނަމުން ނަންދެވިފައިވާ މި ފަނިއަކީ ދިރޭތަކެތީގެ ހަށިގަނޑުގައިވާ ދިރޭ މަސް ކައިގެން އުޅޭ މެހީގެ ލާވާ ވަރުގެ ފަނިއެކެވެ. މި ފަނި ފެތުރުމުގެ ސަބަބުން އެ ސަރަހައްދުގެ ގެރިބަކަރިއާއި އިންސާނުންނަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިވެފައިވާއިރު، އެމެރިކާއަށްވެސް މިކަމުގެ ނުރައްކާ ފޯރާފާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފަނި ފެތުރެން ފެށިފަހުން މެކްސިކޯއިން އެކަނިވެސް 500 އަށްވުރެ ގިނަ އިންސާނުންގެ ހަށިގަނޑުން މި ފަނި ވަނީ ފެނިފައެވެ. އިންވެސްޓިގޭޓަރުން ބުނާ ގޮތުގައި މި އަހަރު ތެރޭގައި މި ފަނި އިންސާނުންގެ ހަށިގަނޑަށް ވަނުމުގެ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މި ފަނީގެ ސަބަބުން މަދުވެގެން އެކަކު މަރުވެފައިވާކަންވެސް ވަނީ ކަށަވަރުވެފަ އެވެ.

މި ފަނި އިންސާނުންގެ ހަށިގަނޑަށް އަސަރުކޮށްފައިވާ މީހުންގެ ތެރެއިން ދެބައިކުޅައެކަށްވުރެ ގިނަ މީހުންގެ ފަޔަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަނެއްބައި މީހުންގެ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް އަސަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ބޯ، ކަންކަށި، ލޯ، ނޭފަތް އަދި އަނގަ ހިމެނެ އެވެ.

25%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;