މި ދައުވާގައިވާ ގޮތުން 2021 ވަނަ އަހަރު އުފެއްދި މި ކުންފުނީގައި ސެލީނާ ގޯމޭޒްގެ ބޮޑު ސޯޝަލް މީޑިއާ ފޮލޯވިން ބޭނުންކޮށްގެން ކުންފުނި ކުރިއަރުވާނެ ކަމަށް އިންވެސްޓަރުން އުއްމީދު ކުރި އެވެ. ނަމަވެސް، ފާއިތުވި ތިން އަހަރު ދުވަހު ކުންފުނި އިނދަޖެހެމުން ދިޔައިރުވެސް އެކަން އިންވެސްޓަރުންނަށް ސިއްރުކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ. ސެލީނާގެ އިތުރުން އޭނާގެ މަންމަ މެންޑީ ޓީފީ އާއި ވިޔަފާރި ބައިވެރިޔާ ދަނިއޭލާ ޕިއާސަންގެ މައްޗަށްވެސް މަކަރާއި ހީލަތް ހެދުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.
މި ދައުވާއާ ގުޅިގެން ދަނިއޭލާ ޕިއާސަން ނެރުނު ބަޔާނެއްގައި، އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ދޮގުކޮށް، އިންވެސްޓަރުންގެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ނުވާނެ ކަމަށް ބުންޏެވެ.
އަދި ކޯޓުގައި މާލީ ލިޔެކިޔުންތަކާއެކު ހަގީގަތް ސާބިތުކޮށްދޭނެ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް މިކަމާ ގުޅިގެން ސެލީނާ ގޯމޭޒް އަދި އޭނާގެ މަންމަ އަދި "ވޮންޑާމައިންޑް" އިން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;