ads
ގ.ކްރެބް ޓްރީ ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެ ކޮޓަރިއަށް ގެއްލުންތަކެއް ލިބިފައި
މިއަދުވެސް ކޮޓަރިއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް
މިއަދުވެސް މާލޭގެ ގެއެއްގެ ކޮޓަރިއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
Advertisement
އެމްއެންޑީއެފުން ބުނީ މިއަދު ގ.ކްރެބް ޓްރީ ގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގީ ކަރަންޓް ސޮކެޓެއްގައި ރޯވެގެން ކަމަށެވެ. 
 
މި ހާދިސާގެ މައުލޫމާތު ލިބުނީ 12:09 ހާއިރުކަމަށާއި އެ މައުލޫމާތު ލިބުމާއިއެކު މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 12:25 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

މި ހާދިސާގައި އެ ކޮޓަރީގައި ވާ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވީނަމަވެސް ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

 

ރޭވެސް ވަނީ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. ހ.ފަހިވައި 7 ވަނަ ފަންގިފިލާ ހިނގި އަލިފާނުގެ ހާދިސާގެ އެ އެޕާޓްމަންޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި އެތަނުގައި އުޅުނު ހަތަރު މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;