ޖަމީލާގެ ނަން މަޖލިހަށް ހުށައެޅުވުމުން މިއަދު ވަނީ އެ މައްސަލަ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އެންމެ ފަހުން ހުންނެވީ އިރުތިޝާމް އާދަމެ ވެ. އެހންނަމަވެސް މދިޔަ އޭޕްރިލަމަހު ކެބިނެޓްގެ ގިނަ ވަޒީރުންތަކެެއް ިއސްތިއުފާދެއްވުމުން އިރުތިޝާމް ވަޏި ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފަ އެވެ. ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެން އެމަޤާމު އޮތީ ހުސްކޮށެވެ.
ޖަމީލާ ވަނީ މީގެކުރިން ރައީސް ޔާމިންގެ ވެރިކަމުގައި ރާއްޖޭން ބެލްޖިއަމަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުވެސް އަދާކުރައްވާފަ އެވެ. އޭގެ އިތުރުން ޖަމީލާ ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;