ads
މާހިރު
ހައިކޯޓަށް އައްޔަނު ކުރިތާ 11 މަސް ތެރޭގައި ފަނޑިޔާރު މާހިރު ރިޓަޔާ ކުރައްވަން ނިންމަވައިފި
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިދިޔަ ސެޕްޓެމްބަރު މަހު އައްޔަން ކުރެއްވި އިބްރާހިމް މާހިރު، ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ
Advertisement

އިބްރާހިމް މާހިރަކީ ޝަރުއީ ދާއިރާގައި 20 އަހަރާ ގާތަށް ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ 

އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވުމަށް ފަހު، މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ 

އިބްރާހިމް މާހިރުގެ ޝަރުއީ ހަޔާތުގެ ތަފްސީލު:

ނޮވެމްބަރު 2005: ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ފަނޑިޔާރުކަމުގެ ހިދުމަތް ފެއްޓެވުން. 

ޖަނަވަރީ 2010: ފެމިލީ ކޯޓުގެ ގާޒީކަމާ ހަވާލުވެވަޑައިގަތުން.

އޮކްޓޯބަރު 2022: ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަންކުރެއްވުން.

ސެޕްޓެމްބަރު 2025: ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުން.

ތައުލީމީ ގޮތުން ބަލާއިރު މާހިރު ވަނީ ގަތަރުގެ 'ޔުނިވަސިޓީ އޮފް ގަތަރު' އިން ޖުރިސްޕްރޫޑެންސް އެންޑް ލޯ އިން ބެޗްލާސް ޑިގްރީ އަދި ވިލާ ކޮލެޖުން ޝަރީއަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވައިފައެވެ.

ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން ފަނޑިޔާރަކު ރިޓަޔާ ކުރައްވަން އެދިވަޑައިގަތުމުން، އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;